އެމެރިކާއާއި ޔޫއެންއޯޑީސީން ތަޙުޤީޤުކުރުމުގައި ބޭނުންކުރާ އާލާތްތަކެއް ފުލުހުންނަށް ހަދިޔާކޮށްފި
އެމެރިކާ ސަރުކާރާއި ޔުުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީން ތަޙުޤީޤުކުރުމުގައި ބޭނުންކުރާ އާލާތްތަކެއް ފުލުހުންނަށް ހަދިޔާކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެމެރިކާއާއި ޔޫއެންއޯޑީސީން ހަދިޔާކޮށްފައިވަނީ ފޮރެންސިކް ތަޙުޤީޤުތައް ކުރުމުގައި ބޭނުންކުރާ ފެޑެރަލް ރިޒަރވް އިކޮނޮމިކް ޑޭޓާ، ފްރެޑް ސިސްޓަމްތަކަކާއި ރާމަން ސްޕެކްޓްރޯސްކޮޕީ ޑިވައިސްތަކެކެވެ. ފުލުހުން ވިދާޅުވީ މި އާލާތްތަކާއެކު ތަޙުޤީޤުކުރުމުގައި ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.
ފުލުހުންނަށް ޔޫއެންއޯޑީސީން ވަޞީލަތްތަކެއް ހަދިޔާކޮށްފައިވާއިރު، ފުލުހުންގެ ގާބިލުކަން އިތުރުކޮށް، މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމަށް ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.
ގާބިލުކަށް އިތުރުކުރުމުގެ މަސައްކަތަށް ބަލާއިރު، ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރަކާއި ޑޭޓާ ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ތަންތަނާއެކު ސައިބަރ ދާއިރާގައި ޤައުމުގެ "ޝީލްޑް އެންޑް ވޮޗްޓަވަރު"ގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ސްޕޭސްގެ ނުރައްކާތައް ދެނެގަނެ، އެ ކަންކަމަށް އިޖާބަދީ، ހުއްޓުވައި، ކުށްތައް މަދުކުރުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
