Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގުޅީފަޅުން ގޯތި ލިބުނު ދެހާސް ފަރާތަކަށް ރަޖިސްޓްރީ ހަވާލުކޮށްފި

ގުޅީފަޅުން ގޯތި ލިބުނު ދެހާސް ފަރާތަކަށް ރަޖިސްޓްރީ ހަވާލުކޮށްފި

ގުޅީފަޅުން ގޯތި ލިބުނު  ދެހާހަށް ވުރެ ގިނަ ފަރާތްތަކަށް މިހާތަނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފިކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފާސްޓްރަކްޗަރ ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަމުންދާކަމަށާއި މިހާތަނަށް ޖުމްލަ 2،032 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފައި ވާނެކަމަށެވެ. އަދި ތިލަމާލެ ބްރިޖުގެ މަޝްރޫއުއާ ގުޅިގެން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލަކާ ގުޅިގެން ކުރިން ހަވާލު ކުރެވުނު ރަޖިސްޓްރީތައް ބާޠިލްކުރެވިފައިވާ ކަމަށާއި އެ ރަޖިސްޓްރީތައް ގޯތި ލިބިފައިވާ ފަރާތްތަކަށް އަލުން ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ގުޅީފަޅުން ބަންޑާރަ ގޯތި ދޫކުރުމަށް 15 ހެކްޓަރގެ ބިން ހިއްކާ، އެ ބިމުން ގޯތި ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް