ޚަބަރު

އައްޑޫގައި 1000 އެނދުގެ އައްސޭރި ޓޫރިޒަމް މަޝްރޫއެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް މުއިއްޒު އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި-- ފޮޓޯ/ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އައްޑޫ ސިޓީގައި 1000 އެނދުގެ އައްސޭރި ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް މޯލްޑިވްސް ޓޫރިޒަމް އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ރޭ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރޭ ރައީސް އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ. އަދި އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒެވެ.

މިއެއްބަސްވުމުގެ ދަށުން އައްޑޫގައި 600 ކޮޓަރި ނުވަތަ 1،000 އެނދުގެ މަޝްރޫއެއް ހިންގާނެއެވެ.

އައްޑޫ ސިޓީގައި 6000 ޓޫރިސްޓް އެނދު ގާއިމުކުރިއަށް ކުރިއަށް ގެންދާ އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" އިފްތިތާހުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ސަރުކާރުން އޭރު ބުނެފައި ވަނީ އެ ޕްލޭނަކީ ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން، އައްޑޫ ސިޓީގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ ޕްލޭނެއް ކަމަށެވެ.

އެގޮތުން ފަސް އަހަރު ދުވަހުގެ ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ސްޓްރެޓެޖީއާއެކު ތަފްސީލީ އެނަލިސިސް ރިޕޯޓެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ މި ޕްލޭނުގައި 6،000 ޓޫރިސްޓް އެނދު ގާއިމުކުރުމާއި، 10،000 ވަޒީފާ އުފެއްދުން ހިމެނެ އެވެ. އަދި ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމުގެ އިތުރުން، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި ސީޕްލޭން ހަބެއް ގާއިމުކުރުން ފަދަ މުހިންމު ރިޔާސީ ވައުދުތައް ވެސް ވަނީ ހިމަނައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!