ވޭޕްގެ މައްސަލަތަކުގައި މިދިޔަ މަހު ކުރި ޖޫރިމަނާ 226،000 ރުފިޔާއަށް އަރާ
ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށް, ޖޫރިމަނާގެ އަދަދު 226،000 ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ވަނީ ތަފާސްހިސާބުތަކުން ދައްކާ ޖޫރިމަނާގެ ތަފްޞީލް ވެސް ހިއްސާކޮށްފައެވެ. އެއީ:
- ވޭޕް ގެންގުޅެގެން 97،000ރ
- ވޭޕު ބޭނުންކޮށްގެން 104،000ރ
- ވޭޕް ގަނެގެން ނުވަތަ ވިއްކައިގެން 20،000ރ
-
އެހެނިހެން މައްސަލަތަކުގައި 5،000ރ
މިދިޔަ އަަހަރު ޑިސެމްބަރު މަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ބޭނުންކުރުމާއި ގެންގުޅުމާއި ވިއްކުމާއި ގަތުން ވަނީ މަނާކޮށްފައެވެ. އަދި އެ ކުށްތައް ކުރާ މީހުން ބޮޑެތި އަދަދުތަކުން ވަނީ ޖޫރިމަނާކުރެވޭ ގޮތަށް ގާނޫނުގައި ހިމަނައިފައި ވެއެވެ.


ކައްޒާބު ބިޑި ލިބޭ