ޚަބަރު

އެސްޓީއޯގެ ކޭޝް ފްލޯ ދަށްކަމަށް ބުނެ ސޭލްސް މުވައްޒަފުންނަށް އިންސެންޓިވް ނުދީ ސީނިއާ ބޭފުޅުންނަށް އެތައް ހާސް ރުފިޔާގެ ބޯނަހެއް  

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އައުޓްލެޓްތަކުގެ ފައިދާއަށް ބަލާ ކޮންމެ މަހަކު މުވައްޒަފުންނަށް ދެމުން އަންނަ އިންސެންޓިވް މިމަހު ނުދީ ، އެތައް ހާސް ރުފިޔާގެ ބޯނަހެއް ސީނިއަރ މުވައްޒަފުންގެ މެދުގައި ބަހާލައިފިއެވެ.

Ads by STELCO

"ދެން"އާ ވާހަކަ ދެއްކި އެސްޓީއޯ މާލޭ އައުޓްލެޓެއްގެ މުވައްޒަފަކު ބުނީ މި މަހުގެ އިންސެންޓިވް ލިބެން ނެތް ކަމަށް ފައިނޭންސުން ދެއްކި އުޒުރަކީ ކޭޝް ފްލޯ ދަށްވުން ކަމަށާއި ނަމަވެސް ސޭލްސް ދާއިރާއާ ނުވެސް ގުޅޭ ދާއިރާގެ އިސް މުވައްޒަފުންނަށް -/13،000 އާއި -/15،000 ގެ އަދަދު ތަކުން ބޯނަސް ބަހާލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯގެ އަތޮޅުތަކުގެ ފިހާރަތަކުގައި ބަސްތާ އުފުލާ މަސައްކަތު މީހުންނަށް ވެސް 60/- ލާރީގެ ރޭޓުން އިނާޔަތެއް ދެއެވެ. ނަމަވެސް އެ ފައިސާ ވެސް މިމަހު ނުދޭ ކަމަށް ވެއެވެ.

އާންމު އެތައް ރައްޔިތުންނެއްގެ ހިއްސާ އޮންނަ އެސްޓީއޯއިން ، އެންމެ ބުރަ މަސައްކަތް ކުރަމުން އަންނަ މަސައްކަތު މީހުންނާއި ސޭލްސް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާމެދު ކަންތައްތައް ކުރަމުންދާ ގޮތުން ވަރަށް ގިނަ މުވައްޒަފުންނާއި އާންމުގެ މާޔޫސްކަން ވަރަށް ބޮޑަށް އެބައޮތް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ދަނީ މިކަމާ އިހްތިޖާޖު ކުރުމަށް ތައްޔާރު ވަމުންނެވެ،

Ads by HDC
  1. ދެން މީހަކު އެއްޗެކޭ ކިޔާއިރަށް ހަގީގަތް ބެލުމެއްވެސް ނެތްދޯ. ޥަރަށް ޒިންމާދާރު. ތި ނުލިބުނު ބަޔަކަށް ނުލިބުނީ ކީއްވެގެންތޯ އަހާލިންތަ

    • ÷ހޖޖ

      ކަލެ ޔަށް ލިބުން ކަމަށް ފާހަގަ ކިރެވޭ

    • ބުނަންވީއެއްނު ނުލިބުނީ ކީއްވެގެންކަން !

    • އީއޭ

      ކަލެއައް އިގެންޔާ ބުނަން ވީނުން.. ކަލެއައް އިގެންޔާ ބުނެބަ ބޯނަސް ލިބުނު މީހުންނާ ، އިންސެންޓިވް ނުލިބޭ މީހުން… މީ ދޮގު ހަބަރެއް ނޫން .. މީ ތެދު ޙަބަރެއް…
      އަހަރުން ނަކަށް ނުލިބޭ ތިކިޔާ ބޯނަސޮ އެށް ، އަދި ތިބުނާ ސޭލްސް އިން ސެންޓިވް އެށް… ވަކި ބަޔަ ކަށް ތި ބޯނަސް ދިނީ .. މީހަމަ ތެދު މައުލޫމާތު….

  2. ވަރަށް ބޮޑު އަނިޔާ އެެއް

  3. ޖިމް ކުލަބް

    ވާނުވާ އެބަ އެގޭބާ އެއްޗެއް ލިޔާއިރު. ޅިބުނަސް ނުލިބުނަސް އެސްޓީއޯއާއި އެކު.

  4. ކަލޯ

    ގަމާރުވިޔަސް ތިޔައީ ބޮޑުވަރު! ޢިންޓަރވިއު ދިންމީހާ ވެސް ނެގި މީހާވެސް. ސުކުރިއްޔާ!

  5. ވެރިންގެ އަންބިން އެބަތިބި ގޭގަ ބޮޑު މުސާރަ ދީފަ ފޭސްބުކް އާ ޓުވިޓަރ ބަލަން ބައިތިބާފަ. ހެވެއްނުން އިންސެންޓިވު އެމީހުނައް ދިނަސް. ކުރާ މަސައްކަތެއް ހަރާން!

  6. ްއަސްލަމް

    2019 ވަނަ އަހަރު އެސްޓިއޯގެ ސޭލްސް ހަދާ އައުޓްލެޓްތަކައް ( ހޯމް އިމްބރޫވެމެންޓް ، ސްޕަމާރޓް ، ކޮންސްޓްރެކްޝަން، ފިޔުލް، މެޑިކަލް، ރީޖަނަލް) މިތަންތަނައް ސޭލްސް އިންސެންޓިވެ ދީފަ. މިތަންތަނުގު ވެރިންނައްވެސް ދީފަ.. އޭރުގަ ހެޑް އޮފީސް ސްޓޭޕަލް ފުޑްސް، ގަރާޖް، ޑެލިވަރީ ކުދިންނައް އެއްވެސް ވަރަކަށް އިންސެންޓިވް ނުދޭ… ބުނީ މި ތަންތަނަކީ ޕޮރްފިޓް މޭކް ކުރާ ތަންތަންނޫންވީމަ އެތަން ތަނައް އިންސެންޓިވް ނުދީ ދޭނީ ބޯނަސްކަމައް..އަދި ކުރިން އިންސެންޓިވް ލިބުނު އައުޓްލެޓްތަކައް ބޯނަސް ނުދޭ ގޮތައް.. މުޅިއަހަރައް ބަލާއިރު އިންސެންޓިވް ގޮތުގަ 40000ރުފިޔާ އެކުދިންނައް ލިބުނި.. އޭރުގަ އަހަރަމެންވެސް ތިބީއަޅާނުލާ ބޯނަސްގެ އިންތިޒާރުގަ. މިފަހަރު ބޯނަސް ދިނީ މިދިޔައަހަރު އިންސެންޓިވް ނުދޭ ކުދިިންނއް.ހަަމަ އެކަނި ވެރިންނައްނޫން.. ވެރިންގެ ތެރޭގަވެސް އިންސެންޓިވް ލިބުނު މީހުންނައް ބޯނަސް ނުދޭ.. ބޭރު ލޭބަރުންނައް ވެސް ލިބުނު ވަރު ވެރިންނައް ވެސް ލިބުނީ