ޚަބަރު

ނޮވެމްބަރު 17ގައި އެމްޑީޕީން މުޒާހަރާއެއް ނުކުރާނެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި އެއްވުމެއް: މޭޑޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފައި / ފޮޓޯ:ދެން އިމޭޖްސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް, މި މަހުގެ 17 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ކުރަން އުޅުނު މުޒާހަރާ ކެންސަލްކޮށްފި އެވެ.

Ads by STELCO

އެ ގޮތަށް ނިންމީ އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

އެމްޑީޕީން މިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ބޮޑު މުޒާހަރާއެއް ކޮށްފަ އެވެ. އެތައް ސަތޭކަ މީހުން އެއްވި އެ މުޒާހަރާއަށް ފުލުހުން ހުރަސްއެޅި އެވެ. އެއީ ފުލުހުން ދިން އިރުޝާދާ ހިލާފަށް މުޒާހަރާގެ ބައިވެރިން އަމީނީ މަގުގެ ބަދަލުގައި މަޖީދީ މަގުން ދާން އުޅުމުންނެވެ.

އެ މުޒާހަރާ އިން އަށް މީހަކު ހައްޔަރުކޮށް އެއިން ހަ މީހަކު 15 ދުވަހު ޖަލުގައި ބަންދުކުރި އެވެ. އެ މީހުންގެ ތެރޭގައި މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހް، ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބް އަބްދުﷲއާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް ހިމެނެ އެވެ.

އެމްޑީޕީގެ މުޒާހަރާ ކެންސަލްކުރިއިރު، ސަރުކާރު ހިންގާ ޕީއެންސީން ގެންދަނީ އަންނަ ހުކުރު ދުވަހު، ނޮވެމްބަރު 14އަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

Ads by Allied Insurance