ޚަބަރު

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު މިއަހަރު 97 ބޭފުޅަކަށް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ގައުމީ އިނާމު ރައީސް މުއިއްޒު ބޭފުޅަކަށް އަރަނީ--

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު، 97 ބޭފުޅަކަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by MPL

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 8:30 ގައި، ސޯޝަލް ސެންޓަރުގައެވެ.

ރައީސް އޮފީހުން ބުނީ މި ޖަލްސާގައި 97 ބޭފުޅަކަށް ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދޭނެ ކަމަށެވެ. އެ ފަރާތްތަކަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނެވެ.

މި އިނާމަށް އެ ބޭފުޅުން ހޮވާފައި ވަނީ ގައުމީ އިނާމާ ބެހޭ ކޮމެޓީންނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ލިބޭނީ 33 ބޭފުޅަކަށެވެ. މި އިނާމަށް އެ ބޭފުޅުން ހޮވާފައި ވަނީ އެކަމަށް ހާއްސަ އިނާމާ ބެހޭ ކޮމެޓީންނެވެ.

Ads by Allied Insurance