ޚަބަރު

ކަރެކްޝަންސްގެ ހެޑްކުއާޓަރުގެ އާ އިމާރާތް ހުޅުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކަރެކްޝަންސްގެ ހެޑްކުއާޓަރުގެ އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

މޯލްޑިވްސް ކަރެކްޝަަނަލް ސާވިސްގެ ހެޑްކުއާޓަރުގެ އާ އިމާރާތް މިއަދު ހުޅުވައިފިއެވެ.

Ads by STELCO

ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ގާއިމުކޮށްފައިވާ ކަރެކްޝަންސްގެ އާ އިމާރާތް ހުޅުވައިދެއްވީ މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ކަރެކްޝަންސްގެ ހެޑްކުއާޓަރުގެ އާ އިމާރާތަށް ރައީސް މުއިއްޒު މިއަދު ކުރެއްްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެ އިމާރާތް ބައްލަވާލައްވައި ކަރެކްޝަންސްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ވެސް ކުރައްވައިފ އެވެ.

ކަރެކްޝަންސްގެ ހެޑްކުއާޓަރުގެ އާ އިމާރާތަކީ، ދެ ފަންގިފިލާގެ މައްޗަށް އެކުލެވޭ، 12000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ.

ސޯޅަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި އެ އިމާރާތުގައި،  15 ސެކްޝަން އަދި ޑިވިޝަނާއި ކޮމާންޑް ހިމެނޭހެން، 170އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރާނެއެވެ.

Ads by HDC