އާ މީޑިއާ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ހަމްދީ އައްޔަނުކޮށްފި
މީޑިއާތައް ރެގިއުލޭޓްކުރަން އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން(އެމްއެމްބީސީ)ގެ ނާއިބު ރައީސްގެ މަގާމަށް ހަމްދީ އަގީލު މިއަދު އައްޔަނުކޮށްފި އެވެ.
އެމްއެމްބީސީން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ ހަމްދީ އެ މަގާމަށް އައްޔަނުކުރިކަން ކަށަވަރުކޮށްދީފަ އެވެ.
އެމްއެމްބީސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ހަމްދީ އައްޔަނުކުރި އިރު އޭނާ އެންމެ ފަހުން ހުންނެވީ ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމުގަ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ހަމްދީ ކުރިން ވަނީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމާއި އާރުޑީސީގެ އެމްޑީގެ މަގާމުވެސް ފުރުއްވައިފަ އެެވެ.
އާ މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ މީޑިއާތައް ތަމްސީލުކުރާ ހަތަރު މެމްބަރުންނާއި މަޖިލީހުން މޑިއާ ކޮމިޝަންއަށް އައްޔަނުކުރާ ތިން މެމްބަރުންގެ މައްޗަށެވެ.
މީޑިއާތައް ތަމްސީލުކުރައްވާ މެމްބަރުންނަކީ
- ސިމާހާ ނަސީމް
- އަބްދުލްއަޒީޒް އިބްރާހިމް
- ހުސައިން ސަފީގް
- ޒަމްއަތު ވަހީދު
މަޖިލީހުން އައްޔަނުކުރި މެމްބަރުން
- ސަފާ ޝަފީގު
- އާމިނަތު ސަރާހަތު އިއްޒަތު
- މުހައްމަދު ފަރުސަތު
މި ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮވެ އެވެ. އެހެންވެ މިއީ މީޑިއާތައް ސެލްފް ރެގިއުލޭޓް ކުރުމުގެ އުސޫލުތަކާ ޚިލާފަށް އޮތް ކަމަކަށް ވާތީވެ، ބައެއް ނޫސްވެރިން މި ކޮމިޝަން ހެދުމަށާއި އާ ގާނޫނާ ދެކޮޅަށް ނުކުމެފައިވެ އެވެ.
