ޚަބަރު

ބޮޑެތި ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ހާއްސަ ތަމްރީން ޕްރޮގްރާމެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ބޮޑެތި ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ހާއްސަ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމު ފައްޓަވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢިސްމާއީލް ނަވީންއެވެ.

ބްރިޓިޝް ހައި ކޮމިޝަން އިން ދަ މޯލްޑިވްސްއާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ކުރިއަށް ގެންދާ “ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ޓްރެއިނިން” ޕްރޮގްރާމް މި މަހުގެ 20 ވަނަ ދުވަހާ ހަަމައަށް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ.

އެ ޕްރޮގްރާމަކީ ބޮޑެތި ކާރިސާތަކުގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ބޭނުންވާ އިލްމާއި ހުނަރުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދަސްކޮށްދީ އަދި މަސައްކަތްކުރުމުގެ ގާބިލުކަން މުވައްޒަފުންގެ ކިބައިގައި އިތުުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް ފުލުހުން ބުންޏެވެ.

ެއެ ޕްރޮގްރާމުގައި މައުލޫމާތު ދެއްވާނީ ޔޫކޭ ޑިޒާސްޓާ ވިކްޓިމް އައިޑެންޓިފިކޭޝަންގެ ތަޖުރިބާކާރުން ނެވެ.

އެ ޕްރޮގްރާމުގައި، ޑިޒާސްޓާ ވިކްޓިމް އައިޑެންޓިފިކޭޝަން، ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ރޯލްސް އެންޑް ރެސްޕޮންސިބިލިޓީސް، ހެލްތު ސޭފްޓީ އެންޑް ވެލްބީންގ އަދި ކްރައިމް ސީން މެނޭޖްމަންޓް، ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ރިކަވަރީގެ އިތުރުން އިންޓަޕޯލް ޑޮކިޔުމެންޓޭޝަން އަދި ރިކޮންސިލިއޭޝަން އެންޑް ރިޕެޓްރިއޭޝަން މައުލޫގެ ދަށުން ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

އެ ޕްރޮގްރާމުގައި ފުލުހުންނާއި އެމްއެންޑީއެފްއާއި މޯލްޑިވްސް އެއާޕޯޓް ފަޔާ އެންޑް ރެސްކިޔުއާއި، ހެލްތު މިނިސްޓްރީގެ އެމެޖެންސީ މެޑިކަލް ސާވިސަސްގެ މުވައްޒަފުން ހިމެނޭހެން ޖުމުލަ 19 މުވައްޒަފުން ބައިވެރިވެއެވެ.

Ads by HDC