ޚަބަރު

ފަރުވާ ހޯދާ މީހުންނަށް ޑުރަގު ދީ ގުޅުން ހިންގާ މީހާ 15 ދުވަހަށް ބަންދުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ނޭޝަނަލް ޑްރަގް އޮތޯރިޓީ (އެންޑީއޭ) އިން ފަރުވާ ހޯދާ ފަރާތްތަކަށް މަސްތުވާތަކެތިދީ، އެމީހުންނާއެކު ނަހަމަ ގުޅުން ހިންގާކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ އިދާރާގެ މުވައްޒަފުގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

Ads by MPL
އެ މައްސަލައިގައި އިއްޔެ ހައްޔަރުކުރީ ވަނީ އެންޑީއޭގެ ޕިއާ މެންޓޯގެ ވަޒީފާ އަދާ ކުރަމުން ދިޔަ ސ. ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު 51، އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ފަސީހުގެ ބަންދާ މެދު ގޮތަށް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އެންޑީއޭ އޮންނަތާ އެތައް އަހަރެއް ވެފައިވާ އިރު އެތަނުގެ މުވައްޒަފަކު އެފަދަ އަމަލެއް ހިންގުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެ މައްސަލައިގައި އެންޑީއޭއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

Ads by Allied Insurance