ޚަބަރު

ރެކޯޑު މުގުރާލައި، މިއަހަރުގެ ދެ މިލިއަންވަނަ ޓޫރިސްޓު އަތުވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ދެ މިލިއަން ވަނަ ޓޫރިސްޓަށް ވީއައިއޭ އިން މަރުހަބާ ކިޔަނީ --

ރާއްޖެއަށް މިއަހަރުގެ ދެ މިލިއަންވަނަ ޓޫރިސްޓު އަތުވެއްޖެއެވެ.

Ads by MPL

ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް ކަނޑައަޅާފައިވާ ޓާގެޓަކީ 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

މިދިޔަ އަހަރު ދެ މިލިއަން ވަނަ ޓޫރިސްޓު ރާއްޖެ އައިސްފައި ވަނީ ޑިސެމްބަރު 26 ވަނަ ދުވަހުއެވެ. މިއަހަރު ޓޫރިސްޓުން އައި މިންވަރަށް ބަލާއިރު، މި މަސް ނިމުމުގެ ކުރިން ދެ މިލިއަން ހަމަވާނެ ކަމަށް ކުރިން ވެސް އޮތީ އަންދާޒާ ކޮށްފައެވެ.

ދެ މިލިއަން ވަނަ ޓޫރިސްޓަކަށް މިއަދު ރާއްޖެ އައިސްފައި ވަނީ ބެތެނީ ސެރާ ކާސްވެލް ކިޔާ އިނގިރޭސިވިލާތުގެ އަންހެނެކެވެ. މިނިސްޓްރީން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާ ރާއްޖެ އައުން ކުލަ ގަދަކޮށް ފާހަގަކޮށްފައެވެ.

މިއަހަރަކީ ވޭތުވެ ދިޔަ ފަސް އަހަރަށް ބަލާއިރު ވެސް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރާނެ އަހަރެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، 2023 ގައި ރާއްޖެ އައިސްފައި ވަނީ 1.8 މިލިއަން ޓޫރިސްޓުންނެވެ.

ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު އިތުރުވަމުންދާއިރު، ލިބޭ އާމްދަނީ ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2019ވަނަ އަހަރު ޓޫރިޒަމަށް 3.9 ބިލިއަން ޑޮލަރު ލިބިފައިވާ އިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 4.8 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!