ޚަބަރު

ވެލިދުއާއި ހޮޅުދޫގެ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވެލިދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް ފެށުމަށް ފަހު ހެލްތު މިނިސްޓަރު ނާޒިމް އެތަން ބައްލަވާލައްވަނީ--

ނ. ވެލިދުއާއި އެ އަތޮޅުގެ ހޮޅުދޫގައި ހުންނަ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް މިއަދު ފަށައިފިއެވެ.

Ads by STELCO

މިއަދު އެ ދެ ރަށުގެ ސިއްހީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކްސްރޭގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.

ނ. އަތޮޅަށް ހެލްތު މިނިސްޓަރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭނާ ވަނީ ނ. އަތޮޅުގެ މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރި އައިސީޔޫގެ ހިދުމަތް ވެސް މިއަދު އިފްތިތާހުކޮށްދެއްވައިފައެވެ.

އޭގެ އިތުރުން ނ. ލަންދޫގައި ހުންނަ ސިއްހީ މަރުކަޒު ވަނީ 24 ގަޑިއިރަށް ވެސް ބަދަލުކޮށްފަ އެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި ވަނީ ނ.އަތޮޅުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ މިހާރު އެ އަތޮޅުގައި ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ހިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.

އަތޮޅުތަކުގެ ސިއްހީ ނިޒާމު ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން ދަނީ ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތައް ޓާޝިއަރީ ހޮސްޕިޓަލު ފެންވަރަށް ތަަރައްގީކުރަމުންނެވެ. އަދި ބައެއް ރަށްތަކުގައި ހިދުމަތްތައް ދަނީ އިތުރަށް ފުޅާ ވެސް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!