ޚަބަރު

ޕީއެސްއެމް އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި ނަސްރީން ޑެޕިއުޓީ މިނިސްޓަރަކަށް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ނަސްރީން/ ފޮޓޯ: ޕީއެސްއެމް

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހަފްތާ އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކޮށްފިއެވެ.

Ads by STELCO

ޕީއެސްއެމްގެ ބޯޑު މީޓިންއެއްގައި ނަސްރީން އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް އޭނާ އައްޔަންކޮށްފައި ވަނީ މިހަފްތާއެވެ. އޭނާ ވަނީ އިއްޔެ އެ ވަޒީފާއަށް ނުކުންނަން ފަށައިފައެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަނު ކުރެއްވީ ޑިސެމްބަރު 23، 2024ގައެވެ. އޭނާ ވަނީ އޭގެ ކުރިން ދައުލަތުގެ މީޑިއާގެ ޗީފް ކޮމާޝަލް އޮފިސަރު ކަމާއި، އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ. އެމްޑީގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ހުންނެވީ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގަ އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ނަސްރީނާ އެކު ހަތަރު ބޭފުޅަކު އިތުރަށް އެބަތިއްބެވެ. އެއީ އަލީ އާމިރާއި، ފާތުމަތި ޒިޔާދާގެ އިތުރުން މުހައްމަދު އަސީލް އަދި އިބްރާހިމް އަލީއެވެ.

Ads by HDC