ޚަބަރު

ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ޕްލާސްޓިކް ފެންފުޅިތަކެއް --

ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތް ކަމަށްވާ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028ވަނަ އަރަށް ފަސްކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއި ކުރައްވައި އިއްޔެ ނެރުނު ގަރާރެއްގައި ވިދާޅުވީ، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން 1 ލީޓަރާއި، 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށް، ރާއްޖެއަށް އެތެރެ ކުރުމާއި ރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒު ކުރުން ފަސްކޮށްފައިވާ ކަމަށެވެ.

ކުރިން އެ ސައިޒުގެ ފެންފުޅި މަނާވާނެ ކަމަށް ކަނޑައަޅުއްވައިފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މި ގަރާރާ އެކު އެ ސައިޒުގެ ފެން ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2028ގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!