ޑާކްރެއިންގެ "ޝޯޓްސް": ހަމަޖެހިލައިގެން "ދައުވަތު" ޤަބޫލުކޮށްލާ!

ޑާކްރެއިން އެންޓަޓެއިންމަންޓަކީ ހަމަޔަގީނުން ވެސް ބެލުންތެރިން މުނިފޫހިފިލުވައި ދިނުމަށް އަބަދުވެސް ވަރަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެމުން އަންނަ ބައެކެވެ.
ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ދުވަސްވީ ޕްރޮޑަކްޝަން ހައުސް ޑާކްރެެއިނުން މިހާރު މިވަނީ ތަފާތު އެކި ފުރުސަތުތަކާއެކު މުޅިން އާ ޕްރޮޖެކްޓެއް ފަށާފައެވެ. ޑާކްރެއިންގެ "ޝޯޓްސް" އެވެ.
"ޝޯޓްސް" އާއި ބެހޭގޮތުން ޑާކްރެއިން ގެ ބާނީ މުޙަައްމަދު ޢަލީ (މޮގާ) "ދެން" އަށް މައުލޫމާތު ދެމުން ބުނީ މިއީ، ޑާކްރެއިނަށް، ވަގުތުވާ ވަރަކުން އުފައްދާ ކުރު ވީޑިއޯތަކެއް ކަމަށެވެ.
އެގޮތުން ޑާކްރެއިން "ޝޯޓްސް" ގެ ފުރަތަމަ ވީޑިއޯ މިއަދު ވަނީ ރިލީސް ކޮށްފައެވެ. އެއީ "ދައުވަތު" ނަމަކަަށް ކިޔާ، ވަރަށް ވެސް ހިތްގައިމު، ސަސްޕެންސާއި ހޮރޯވެސް އެކުލެވިގެންވާ ކުރު ވީޑިއޯ އެކެވެ. މިވީޑިއޯ ކުޅެފައިވަނީ އެންމެ ތިން ތަރިންނެވެ. އެއީ މަރިޔަމް ޝިފާ، އިބްރާހިމް ހޫދް އަދި އަހުމަދު ސުނީ އެވެ.
ބެލުންތެރިންނަށް ޑާކްރެއިންގެ ފަރާތުން "ޝޯޓްސް" އަށް "ދައުވަތު" ދީފައިވާއިރު މިހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު "އަނގުރު" ނަމަކަށް ކިޔާ ކުރު ވީޑިއޯ އެއްވެސް ބެލުންތެރިންނަށް ދައްކާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މޮގާ ބުނި ގޮތުގައި "ޝޯޓްސް" ގެ ވީޑިއޯ ތަކުގައި ހަރަކާތްތެރި ވާނީ އަލަށް މިދާއިރާއަށް ނިކުންނަ ފަންނާނުންނާއި މިހާރު ވެސް މިދާއިރާގައި އުޅޭ ފަންނާނުން ކަމަށެވެ.