ޚަބަރު

ސެލޫނަކަށް ގެއްލުންދީ، މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

މާލޭގައި ހުންނަ ސެލޫނަކަށް ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީ، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފިއެވެ.

Ads by MPL

މިމައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ، އަސަރީވިލާ، އަލީ މަނިކު 43،އެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓު ކުރުމުން ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ވެސް އޭނާ ހުރަސް އަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލައިގައި ހައްޔަރުކުރުމާ ގުޅިގެން އިއްޔެއިން ފެށިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ވަނީ ބަންދުކޮށްފައެވެ.

Ads by HDC