Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އެމްޑީޕީގެތެރޭގައި ކޯޅުން ބޮޑުވެ, ކޮންގްރެސް ފަސްކުރަން އެދިއްޖެ

އެމްޑީޕީގެތެރޭގައި ކޯޅުން ބޮޑުވެ,  ކޮންގްރެސް ފަސްކުރަން އެދިއްޖެ

މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދެއްވުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެދިވަޑއިގެންފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް މިއަދު ފޮނުއްވި ސިޓީގައި އާޒިމް ވިދާޅުވެފައިވަނީ, ޕާޓީގެ އަސާސީ ގަވާއިދުގައިވާ ފަދައިން ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކޮންގްރެސް ކަމަށާއި ކޮންގްރެސްގެ ކޮމްޕޮސިޝަން އެކުލަވާލެވިފައިވާ ގޮތަށް ރިޢާޔަތްކުރާއިރު, ގޮފިތަކުގެ ރައީސުންނަށް ކޮންގްރެސްގައި ވޯޓީންގ ޑެލިގޭޓުންގެ ގޮތުގައި ތަމްސީލުކުރުމުގެ ފުރުސަތު ދެވިފައިނުވާ ކަމަށެވެ. އަދި ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވައިލަން ޖެހެނީ ގޮފި ގަވާއިދުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިޚާބެއް ބޭއްވުމަށްފަހު ކަމަށާއި, އަދި ކޮންގްރެސްގައި ގޮފި ތަމްސީލުކުރާ ގޮފީގެ ރައީސް ނުވަތަ ނައިބު ރައީސް ވާންޖެހޭނީ އިންތިޚާބު ކުރެވިފައިވާ ފަރާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ.

''ކަންމިހެން އޮތްއިރު މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ޕާޓީގެ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވާއިދާއި އެއް ގޮތަށް އިންތިޚާބު ކުރެވިފައިވާ ފަރާތްތަކެއް ނޫން ކަމަށާއި, އަދި ގޮފިތަކުން ކޮންގްރެސްގައި ތަމްސީލުކުރާ ފަރާާތްތަކުގެ މަޢުލޫމާތު މި ވަގުތާއި ހަމައަށް ވެސް ހިއްސާކޮށްފައިނުވާތީވެ އެ ފަރާތްތައް ކުރިއަށް މި އޮތް ކޮންގްރެސްގައި ބައިވެރިވެއްޖެނަމަ ކޮންގްރެސްގެ ޤާާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަދެވިގެންދާނެ ކަމެއް ކަމަށް ދެކެމެވެ.''

Advertisement
Ooredoo — Square (box)

އެހެންކަމުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް
ނޮމިނޭޓްކޮށްފައިވާ ގޮފިތައް ތަމްސީލްކުރާ މަންދޫބުންގެ ޤާނޫނީ ހައިސިއްޔަތާމެދު އެ ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުން ކަމްބޮޑުވުން ފާޅުކުރަމުންދާތީ ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން ނުވަތަ ނައިބު ރައީސުންގެ ޤާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށްފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް ވެސް ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ. އަދި ކޮންގްރެސްއަށް ގޮފިތަކުން ހުށަހެޅިފައިވާ މަންދޫބުން އިންތިޚާބު ކުރި ގޮތާއި އެ މަންދޫބުންގެ ތަފްސީލު ހިމެނޭ ލިސްޓެއް ހިއްސާކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް