ޚަބަރު

ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ ފުރަތަމަ ފިޔަވަހި ނިންމައި މަގު ހުޅުވައިލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައިފިއެވެ.

Ads by STELCO

އެމްޓީސީސީން މިއަދު ބުނީ ބޮޑު ތަކުރުފާނުމަގުގެ ތާރު އެޅުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މިއަދު އެ މަގު ހުޅުވައިލައިފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނުމަގުގެ ފުރަތަމަ ފިޔަވަހި އާއްމުންނަށް ހުޅުވައިލުމަށް ފަހު، ދެން ފަށާނީ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށެވެ. އެއީ 250 މީޓަރުގެ ސަރަހައްދެކެވެ.

އެމްޓީސީސީން ބުނީ އަންނަ ހަފްތާގައި ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ ކަމަށާއި، ދެން ފަށާ ސަރަޙައްދުގައި ވެސް އެއްގަމު ތޮށީގެ މަސައްކަތާ އެކު ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ނެޓްވޯކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މާލެގޭ މަލަމަތީގެ ހިތްގައިމުކަން ބަދަލުކޮށްލާނެ މަޝްރޫއުގެ މުޅި މަސައްކަތް ކުރިއަށްގެންދާނީ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. އެގޮތުން ނޯތު ހާބަރުން ފެށިގެން އެހިސާބަށް 1088 މީޓަރު ސަރަޙައްދު ތަރައްޤީކުރާނެއެވެ.

ޖުމްލަ ފަސް ސެގްމެންޓް ހިމެނޭ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!