Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފައިސާ ދޭނެ،ޕްރޮމިސް ކުރާނެ.،ނަމަވެސް އަޒުމު ގުޑުވާ ނުލާތި: އިޙްސާން

ފައިސާ ދޭނެ،ޕްރޮމިސް ކުރާނެ.،ނަމަވެސް އަޒުމު ގުޑުވާ ނުލާތި: އިޙްސާން
މަޤާމުގެ ގޮތުން ތަފާތު މަންފާތައް ލިބޭ ހުށައެޅުންތައް އަންނާނެ ކަމަށާއި އެހެން ނަމަވެސް ރިޝްވަތުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނުމުގައި ސާބިތުވެ، އަޒުމު ވަރުގަދަކޮށް ސާބިތުވާން ޖެހޭކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 41ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙުސާން ވިދާޅުވީ، ދިވެހިރައްޔިތުން ފުލުހުންގެ ކިބައިން އެދެނީ ދިވެހި މުޖުތަމަޢު %100 ކުށުގެ ވެށިން ސަލާމަތްވެފައިވާ މުޖުތަމަޢުއަކަށް މި މުޖުތަމަޢު ހެދުން ކަމަށާއި ރާއްޖޭގެ ކޮންމެ މަގަކީ، ކޮންމެ ގޯޅިއަކީ، ކޮންމެ ރަށަކީ، ކޮންމެ އަނދިރި ހިސާބަކީ ރައްކާތެރިކަން ކަށަވެފައި އޮތް، ހިނގާ ބިނގާވެ އުޅެވޭނެ ސަލާމަތާއި ރައްކާތެރިކަން އިހްސާސްކުރެވޭ، މާހައުލެއް އޮތް ތަނަކަށްވުން ކަމަށެވެ.
މި މާހައުލުގައި ކޮރަޕްޝަން އެބަ އޮތް. މީހުން ފައިސާ ބަހާނެ. ފައިސާ ދިއްކުރާނެ. މީހުން މަގާމުގެ ކުރިއެރުމަށް ޕްރޮމިސް ކުރާނެ. އުފާވެރި ދިރިއުޅުމާ ދަތުރުތަކަށް ޕްރޮމިސް ކުރާނެ. އެހެން ނަމަވެސް ތިޔަ ތިއްބެވި ސާބިތުކަން ދުއްވާލައިގެން ނުވާނެ…މިފަދަ ބަލިމަޑުކަމެއްގައި ނުޖެހުމަށް ނަސޭހަތްތެރިވަން.
ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ، ފުލުހުންގެ މުވައްސަސާގައި ކޮރަޕްޝަންއަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެ ކަމަށާއި ފުލުހުން ވެސް މަސައްކަތްކުރަން ވާނީ ކޮރަޕްޝަނުގައި ނުޖެހި ކަމަށެވެ. އަދި ކޮޮންމެ ދުވަހަކީ ފުލުހުން ނުރައްކާތެރި މާޙައުލުތަކުގައި މަސައްކަތް ކުރަން ޖެހޭނެ ދުވަހެއް ކަމަށާއި އެކަމަށް ޓަކައި އަލަށް ތަމްރީނުވި ފުލުހުން ތިބެން ވާނީ ތައްޔާރަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް