ޚަބަރު

ދާންދޫގައި ހިނގި މާރާމާރީއާ ގުޅިގެން 9 މީހަކު ހައްޔަރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގއ. ދާންްދޫގައި ރޭ ހިނގި މާރަމާރީއާއި ގުޅިގެން 9 މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ، ދާންދޫގައި ހިނގި މިމާރާމާރީގެ ރިޕޯރޓް ލިބިފައިވަނީ ރޭ 23:25 ހާއިރު ކަމަށާއި، މިއީ ދެގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއް ކަމަށެވެ.

މިމާރާމާރީގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އޭގެތެރެއިން އެކަކު ފަރުވާއަށް ރޭ ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނުކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި މިމާރަމާރީ އާއި ގުޅިގެން މިހާތަނަށް 9 މީހުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެހެންނަމަވެސް އެމީހުންގެ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިމާރަމާރީ އާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު ފޮޓޯގްރާޕަރ މަސްރަހް ނައީމް ވެސް ހިމެނެއެވެ. ނަމަވެސް މިކަން އެއްވެސް ރަސްމީ އިދާރާ އަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.

މިފަހަކަށް އައިސް ރާއްޖޭގައި މާރާމާރީގެ މައްސަލަތައް އަނެއްކާވެސް ދަނީ އިތުރު ވަމުންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!