ބޮލީވުޑް މުނިފޫހިފިލުވުން

ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް ކެޓްރީނާގެ "ޓިޕްސް"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑް ތަރިންގެ ތެރެއިން ކެޓްރީނާ ކެއިފް އަކީ އަބަދުވެސް އޭނާގެ ހަށިގަނޑު ބައްޓަމާއި ރީތިކަމަށް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނަ ތަރިއެކެވެ. ކެޓްރީނާ މިހާ ފިޓް ކޮށް ހުރުމުގެ ސިއްރަކީ ކެޓްރީނާގެ ހަމަ ކޮންމެ ފޭނެއް ވެސް ބަލާލަން ބޭނުން ވާނެ ކަމެކެވެ.

Ads by STELCO

ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ މިވަނީ އޭނާގެ އަމިއްލަ ތަޖުރިބާ އާއެކު ، ޑައެޓު ކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުން ވާ ކުޑަ ޓިޕްސް ކޮޅެއް ދީފައެވެ. އޭނާ ބުނި ގޮތުގައި މިއީ ދުޅަހެޔޮކޮށް ހުރުމަށް އޭނާއަށް ވެސް އެހީވެދިން ކަންކަމެވެ.

ކެޓްރީނާ ގަބޫލު ކުރާ ގޮތުގައި ހަށިގަނޑު ރީއްޗަށް ބެހެއްޓުމަކީ އެކަމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެކެވެ. އަދި ފަރުވާ ކުޑަ ކޮށްލައިގެން ވާނެ ކަމެއް ނޫނެވެ. އެގޮތުން ކަސްރަތު ކުރުމުގެ އިތުުރުން ހަރުކަށި ޑައެޓެއް މުހިންމުކަން ކެޓްރީނާ ފާހަގަކުރިއެވެ.

މީގެ އިތުރުން ވެސް ގިނައިން ހަކުރު އެކުލެވޭ ބުއިންތަކާއި އެނާޖީ ޑްރިންކްތަކުން ދުރުވާންޖެހޭނެ ކަން ކެޓްރީނާ ފާހަގަކުރިއެވެ. އަދި އެއެއްޗެހި ކެއުމާއި ބުއިން މުޅިން ހުއްޓާ ނުލި ނަމަވެސް ސިއްހަތަށް ފައިދާހުރި ގޮތަކަށް ކެއުމަށާއި ބުއިމަށް ސަމާލުކަން ދިނުމަށް ކެޓްރީނާ އެދެއެވެ.

 

Ads by HDC
  1. ހަސަން ފޭދޫ

    ދުވަހަކުު ވެސްް އަދިި ނޭންގިި ހުރިި ކަންކަންް. ތޭންކްސްް ކެތްރީނާ

  2. އައި

    ނޭގޭ ކަމެއް ކޮބާ އަބަދު ކިޔާ އެއްޗެހި