Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ އިންޑިއާ 2 މީހަކު ހައްޔަރުކޮށްފި

ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ އިންޑިއާ 2 މީހަކު ހައްޔަރުކޮށްފި

ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ 2 ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައު އަހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި"ގެ ދަށުން، ބައެއް ތަންތަން ޗެކްކުރިއިރު މާލޭގައި ބަނގުރާ ކައްކައި، ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަނުން އިންޑިއާއަށް ނިސްބަތްވާ 2 ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މޮހަންދާސް ރަޖެންދިރަން (22އ)، އަދި ބަލަސުބްރަމަނިޔަން ސެލަމް (41އ)އެވެ.

Advertisement
Ooredoo — Square (box)

މި 2 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ބަނގުރަލާ ގުޅުން ހުރި ސާމާނާއެކުއެވެ. އަދި އެގޭގެ 3 ފަންގިފިލާއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި، ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ގެއަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅެމުންދިޔަ ގެޔެކެވެ.

މި މައްސަލައިގައި ހައްޔަރު ކުރި 2 މީހުން ވެސް މިހާރު ވަނީ ޑީޕޯޓުކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް