ޚަބަރު

ގެދޮރުވެރިޔާ ސްކީމް: 3879 ފަރާތެއްގެ ފްލެޓުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ގެދޮރުވެރިޔާ ސްކީމްގެ ދަށުން, 3879 ފަރާތެއް ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމައިފިއެވެ.

Ads by STELCO

ކޮންސްޓްރަކްޝަން މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅިފައިވާ ފްލެޓުތަކުގެ އަދަދު ތަފްސީލާ އެކު ހިއްސާކުރައްވައިފައެވެ.

މި ސްކީމްގެ ދަށުން 3 ކޮޓަރީގެ 2800 ފްލެޓާއި 2 ކޮޓަރީގެ 1200 ފްލެޓު ހިމެނެއެވެ. އަދި މިހާތަނަށް މި ފްލެޓުތަކުގެ ހައްގުދާރުންގެ ތެރެއިން 3879 މީހެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރެވިފައި ވަނީ 399 މީހަކަށް ކަމަށާއި 2026ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެންމެންނަށް ތަޅުދަނޑިތައް ހަވާލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ނިމިފައި ވަނީ މި މަޝްރޫޢުގެ 32 އިންސައްތައެވެ. އަދި މި ދައުރުގައި 68 އިންސައްތަ މަސައްކަތް ވަނީ ނިންމައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!