ހުރާ ސިއްހީމަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި
ކ. ހުރާގައި ހުންނަ ސިއްހީމަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ ހިދުމަތް ހުރާގެ ސިއްހީ މަރުކަޒުގައި އިފްތިތާހުކުރީ މިއަދު އެ ސިއްހީމަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.
ހުރާގައި ލެބޯޓަރީގެ ހިދުމަތް ފަށާފައިވާއިރު، 2026ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހައި ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ.
މިއަދު ވަނީ ހުރާގެ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތްވެސް ފަށައިފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 15,650 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ހަދާނެއެވެ.
އެއިން ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެއެވެ. އޭގެ އިތުރުނ،ް ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއ،ި ކޮންކްރީޓް މަސައްކަތާއ،ި މޭސަނަރީ މަސައްކަތާއ،ި ޓައިލްސް ޖެހުމުގެ މަސައްކަތާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއ،ި ދަވާދު ލުމާއ،ި ހައިޑްރޯލިކްސް އަދި ޑްރޭއިނޭޖްގެ މަސައްކަތާއ،ި ކަރަންޓު ވަޔަރުކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއ،ި އެއަރ ކޮންޑިޝަން ހަރުކުރުމާއ،ި އަލިފާން ނިއްވުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
360 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 27.23 މިލިއަން ރުފިޔާއަށެވެ.

