Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެލައިޑްގެ އިންޝުއަރެންސްގެ ޚާއްޞަ ޕެކޭޖުތަކެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެލައިޑްގެ އިންޝުއަރެންސްގެ ޚާއްޞަ ޕެކޭޖުތަކެއް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެލައިޑްގެ އިންޝުއަރެންސްގެ ޚާއްޞަ ހެލްތް ޕެކޭޖުތަކެއް ތަޢާރަފުކޮށްފިއެވެ. އެލައިޑްގެ އިންޝުއަރެންސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދޭން ނިންމައިފައިވާ ކަމަށާއި އެ ފަރާތްތަކަށް ޚާއްޞަކޮށްގެން "ކޯޕަރޭޓް ގްރޫޕް ހެލްތު އިންޝުއަރެންސް" ޕެކޭޖުތަކެއް ތަޢާރަފުކުރުމުގެ ބޭނުމަކީ މުވައްޒަފުންނަށް އިތުބާރު ހުރި ރައްކާތެރިކަމެއް ފޯރުކޮށްދިނުމާއި، ވިޔަފާރިވެރިންނަށް ހިތްހަމަޖެހުން ހޯދައިދިނުން ކަމަށެވެ. މި ހެލްތު ކަވަރޭޖްގެ ދަށުން ލިބިގެންދާނެ ޚިދުމަތްތަކަކީ:
  • އިންޕޭޝަންޓް ޚިދުމަތްތައް: ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދޭ ފަރުވާ، އޮޕަރޭޝަންތައް އަދި ބޮޑެތި ބަލިތަކަށް ކުރާ ފަރުވާ.
  • އައުޓްޕޭޝަންޓް ޚިދުމަތްތައް: ޑޮކްޓަރަށް ދެއްކުން، ޓެސްޓުތައް ހެދުން، ބޭސްފަރުވާގެ ޚަރަދު އަދި މި ނޫންވެސް އިތުރު ޚިދުމަތްތައް.
"ޕާސަނަލް އެކްސިޑެންޓް ކަވަރޭޖް" އިޚްތިޔާރު ކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އޭގެ ތެރޭގައި:
  • އެކްސިޑެންޓެއްގެ ސަބަބުން މަރުވުން.
  • ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވުން ނުވަތަ ގުނަވަނެއް ދާއިމީކޮށް ގެއްލުން.
މީގެ އިތުރުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ފަދަ ކުއްލި ޙާދިސާތަކުގައި މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކޮށްދިނުން ހިމެނޭކަމަށް އެލައިޑުން ބުނެއެވެ. ހަމައެހެންމެ މި ޕެކޭޖުތަކަކީ މެނޭޖުކުރަން ފަސޭހަ އަދި މުވައްޒަފުންގެ ޢަދަދަށް ބަލައި، ވިޔަފާރިއަށް އެންމެ އެކަށީގެންވާ ގޮތަށް ބަދަލު ގެނެވޭނެ ޕެކޭޖުތަކެއް ކަމަށް އެލައިޑުން ބުނެއެވެ. މި ޕެކޭޖްތަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް އެލައިޑުގެ އިންޝުއަރެންސްގެ ހޮޓްލައިން ނަންބަރު 1600އަށް ގުޅުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް