ޚަބަރު

17 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރަން ސިވެކްއާ ހަވާލުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މީހުން ދިރިއުޅޭ 17 ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރަން ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ހަވާލުކޮށްފިއެވެ.

Ads by STELCO

މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝާން ޢަބްދުﷲ އެވެ.  ސިވެކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހުމަދު ޒުބެއިރު އެވެ.

ހަވާލުކުރި މަޝްރޫއުތައް:

  1. ހއ. ދިއްދޫގައި ސްވިމިން ޓްރެކެއް ގާއިމްކުރުން
  2. ހދ. މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން
  3. ހދ. ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމްކުރުން
  4. ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑު ތަރައްގީކުރުން
  5. ނ. ޅޮހީގައި މަލްޓި ޕާޕަސް ދަނޑުތައް ގާއިމްކުރުން
  6. ނ. މަގޫދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުން
  7. ނ. މިލަދޫ ފުޓްބޯޅަ ދަނޑުތަކުގެ ލައިޓިން ސިސްޓަމް ގާއިމްކުރުން
  8. ނ. މަނަދޫ އައުޓްޑޯ ވޮލީކޯޓެއް ގާއިމްކުރުން
  9. ނ. ހޮޅުދޫގައި މަލްޓި ޕާޕަސް ދަނޑުތައް ގާއިމްކުރުން
  10. ނ. ވެލިދޫގައި މަލްޓި ޕާޕަސް ދަނޑުތައް ގާއިމްކުރުން
  11. ބ. ކަމަދޫ ފުޓްސަލް ދަނޑު
  12. އދ. ފެންފުށީ ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުން
  13. އދ. އޮމަދޫގައި ހޭންޑްބޯޅަ ކޯޓެއް ގާއިމްކުރުން
  14. ވ. ފުލިދޫގެ ފުޓްސަލް ދަނޑުތައް ތަރައްގީކުރު
  15. މ. ވޭވަށް ފުޓްސަލް ދަނޑު ތަރައްގީކުރުން
  16. ފ. ދަރަނބޫދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާއި ވޮލީކޯޓެއް ގާއިމްކުރުން
  17. ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކުރުން