ޚަބަރު

މޫސަގެ ރުޅިގަނޑު ޝެއިޚުންނަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރާއްޖޭގައި ތިބި ޢިލްމުވެރިންނަށް ވުރެ ދީނީ ޢިލްމަށް މޮޅުވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ ޑިމޮކްްރެޓިކް ޕާޓީގެ ކުރީގެ ޗޭއަރޕާސަން ރީކޯ މޫސާ މަނިކުގެ ރުޅިގަނޑު ދީނީ ޝެއިޚުންނަށް އަމާޒުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ސިޔާސީ ގޮތުން ނިކުންނަ ދަންނަބޭކަލުންނަކީ ޤައުމަށް ހުރި މުސީބާތެއް ކަމަށެވެ. އަދި އެ ފަދަ ދަންނަބޭކަލުން އެއްޗެއް ކިޔަވައިގެން ތިއްބަސް މަޑުމަޑުން ގޭތެރޭގައި ވާހަކަ ދައްކާލައިގެން ތިބުމަށް އެދޭކަމަށް މޫސަ ވިދާޅުވިއެވެ.

"ތިބޭފުޅުން އަޅުގަނޑަކީ ދަންނަބޭކަލެއް ނޫނޭ ބުނޭ. އަޅުގަނޑު މާމޮޅުވާނެ މިހާރު އުޅޭ ދަންނަބޭކަލުންނަށް ވުރެ. އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭތީ މި ދަންނަވަނީ." މޫސާ މަނިކު ވިދާޅުވިއެވެ.

މީގެ އިތުރުން ޖުވާގެ ވާހަކައާއި ރިބާގެ ވާހަކަތައް އިސްލާމުދީނުގައި އައިސްފައި ވާނެ ކަމަށާއި ރައްޔިތުން ބޭސް ފަރުވާއަށް ސަލާން ޖެހުން ހުއްޓުވާ، އިސްލާމީ މަރުކަޒުގެ އެންމެ ބޮޑަކަށް ހުރި މީހާއަށް ބޮޑު މުސާރަ ނަގައިގެން އިނުމަކީ ވެސް ޖުވާ ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

Ads by Ooredoo