ވިލިމާލެ ޕޮލިސް ސްޓޭޝަނުގައި ހުރި ފުނަގަހެއް ނީލަމަށް
ވިލިމާލެ ފުލުހުންގެ އިދާރާގެ ގޯތިތެރޭގައި ހުރި ފުނަގަހެއް ނީލަމުގައި ވިއްކައިލަން އިޢުލާންކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ހުޅުވައިލި މި ނީލަން ފެށޭ އަގަކީ 300ރުފިޔާއެވެ. އަދި ނީލަމުގެ އަގު މަތިކުރެވޭނީ ނީލަން ފަށާ އަގުގެ 20އިންސައްތައިން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ނީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަކޮށް އައިޑީކާޑުގެ ކޮޕީއަކާ އެކު ފުލުހުންގެ އިދާރާއަށް މެއިލްކުރުމަށް އެ ފަރާތުން އެދެއެވެ. އަދި މި މަހުގެ 19ވަނަ ދުވަހު 14:00ގައި އެ ގަސް އާންމުކޮށް ދައްކާލުން އޮންނާނެ ކަމަށް ވެސް ނީލަމަށް ހުޅުވައިލި އިއުލާންގައި ބުނެފައި ވެއެވެ.
މި ނީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ވަގުތަކީ، މި މަހުގެ 18ވަނަ ދުވަހުގެ 11:00އެވެ. ނީލަން ކިޔުން އޮންނާނީ، ފުނަގަސް ދައްކަން ނިންމައިފައިވާ ގަޑީގައެވެ.

