ޚަބަރު

ޙާލުދެރަވި ޢުމްރާވެރިޔާ ރާއްޖެ ގެނެސް، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޢުމްރާގެ އަޅުކަމަށް ގޮސް ހުއްޓައި ޞިއްޙީ ހާލު ގޯސްވި އުމްރާވެރިޔާ ރާއްޖެ ގެނެސް، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

Ads by STELCO

"ދެން"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޞިއްހީ ޙާލުދެރަވި އުމްރާވެރިޔާއަކީ އަލްވާދީ ޢުމްރާ ޤުރޫޕުގެ ހަވާލުގައި ޢުމުރާގެ އަޅުކަމަށް ގޮސްއުޅުނު މީހެކެވެ. އެއީ 57 އަހަރުގެ އަންހެނެއް ކަމަށާއި އޭނާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އޭނާގެ ޞިއްޙީ ޙާލަތާ ގުޅޭ ގޮތުން އައިޖީއެމް ހޮސްޕިޓަލުން މަޢުލޫމާތެއް ޙިއްސާކޮށްފައެއް ނުވެއެވެ.

ފާއިތުވި ހަފްތާގެ އަންގާރަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޞިއްހީ ޙާލުދެރަވެ، އެޑްމިޓްކޮށްފައިވާ އުމްރާވެރިއަކު ރާއްޖެ ގެނައުމުގެ މަސައްކަތް ޢާއިލާއާ ގުޅިގެން ކުރަމުންދާ ކަމަށާއި، މި މަހުގެ 10ވަނަ ދުވަހު އޭނާ މާލެ ގެނެވޭނެ ކަމަށެވެ. އަދި މި ކަމުގައި މޯލްޑިވިއަނާއި އައިޖީއެމް ހޮސްޕިޓަލުން ދެއްވަމުންގެންދަވާ އެއްބާރުލުމަށް ވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

Ads by HDC