ޚަބަރު

67 ފަތުރުވެރީން ގޮވައިގެން މާފުއްޓަށް ދަތުރުކުރި ފެރީއެއް ފަރަށް އަރައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

72ފަތުރުވެރީން ގޮވައިގެން މާލެއިން މާފުއްޓަށް ދަތުރުކުރި ދޯނިފެރީއެއް އެނބޫދޫ ފަރަށް އަރައިފިއެވެ.

Ads by STELCO

މެރިން ފުލުހުން ބުނީ މިއަދު 11:24ކަންހާއިރު މި ހާދިސާގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެ ވަގުތު ދޯނީގައި ތިބި 67ފަތުރުވެރީންނާއި ތިން ދިވެހީން އަދި ދެ ބިދޭސީ ފަޅުވެރީން ރައްކާތެރިކަމާ އެކު ސަލާމަތް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ ފެރީގެ އިންޖީނު ހުއްޓިގެން، ކޮންޓްރޯލް ނެއްޓިގެން ކަމަށެވެ.

ދޯނީގައި ތިބި މީހުން ރައްކާތެރިކަމާ އެކު މާފުއްޓަށް ގެންދަނީ

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.

Ads by HDC