ހޯނޑެއްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ގދ. ހޯނޑެއްދޫ މޮނިޓަރިންގެ ހާލަތުން ނަގައި އާންމު ހާލަތަށް ގެނެސްފިއެވެ.
ހޯނޑެއްދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ އެރަށުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އެރަށުން 44 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މި އެންމެން ވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.
އެޗްޕީއޭ އިން މިއަދު އެރަށުގެ މޮނިޓަރިން އުވާލަމުން ވިދާޅުވީ ހޯނޑެއްދޫގެ މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓާނެ ސަބަބެއް މިހާރު އެ ރަށުގައި ނެތް ކަމަށެވެ.
ހޯނޑެއްދޫގެ މޮނިޓަރިން އުވާލުމާއެކު އެރަށު ކައުންސިލުން ވަނީ ރަށުގެ މިސްކިތްތައް ވެސް ހުޅުވާލާފައެވެ.