Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ތިނަދޫ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދޭން ފަށައިފި

ތިނަދޫ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދޭން ފަށައިފި

ގދ. ތިނަދޫގައި ހުންނަ ހޮސްޕިޓަލުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް  ފަރުވާ ދޭން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ތިނަދޫ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭނުންވާ ކާޑިއޮލޮޖިސްޓް މިދިޔަ މަހުގެ 27ވަނަ ދުވަހު އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިދިޔަ މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް އެ ހޮސްޕިޓަލުން ހިތުގެ ބަލިތަކަށް ފަރުވާ ދޭން ފަށާފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހިތުގެ ބަލިތަކަށް ތިނަދޫ ހޮސްޕިިޓަލުގައި މި ވަގުތު ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި، ހިތުގެ ބަލިތަކަށް ހާއްސަ އޯޕީޑީ ފަރުވާއާއި، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ އިތުރުން 'އެކޯ' ހެދުމުގެ ހިދުމަތް ހިމެނެއެވެ.

Advertisement
Allied Insurance — Square (box)

އޭގެ އިތުރުން، ހިތުގެ ބަލިތަކާ ގުޅުން ހުރި އިތުރު ހިދުމަތްތައް ވަރަށް އަވަހަށް ހޮސްޕިޓަލުގައި ތައާރަފުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ތިނަދޫ ހޮސްޕިޓަލުން ބުނީ ހިތުގެ ބަލިތަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށުމަކީ ފަހުރުވެރިކަމެއް ކަމަށާއި އަދި މިއީ ސްޕެޝަލައިޒްޑް އަދި ފެންވަރު ރަނގަޅު ހިދުމަތްތައް ގދ. ސަރަހައްދަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް