ޚަބަރު

އިންޑިއާއިން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު ދޭން ބަޖެޓުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު، ބޮޑު ވަޒީރު މޯދީއާ ސަލާމްކުރައްވަނީ

އިންޑިއާއިން ރާއްޖެއަށް  އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު ދޭން ބަޖެޓުކޮށްފި އެވެ.

Ads by STELCO

2026-2027އަށް ލަފާކުރާ ބަޖެޓު އިންޑިއާއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިރު ރާއްޖެއަށް އެހީގެ ގޮތުގައި 550 ކްރޯޑް އިންޑިއާ ރުޕީސް(60 މިލިއަން ޑޮލަރު) ދޭން ވަނީ ހިމަނައިފަ އެވެ.

ނަމަވެސް މިއީ 2025-2026ގެ ބަޖެޓުން ރާއްޖެއިން ދިން އެހީއަށް ވުރެ ކުޑަ އަދަދެކެވެ. އެ މުއްދަތުގެ ތެރޭގައި 600 ކްރޯޑް ރުޕީސް ނުވަތަ (69 މިލިއަން ޑޮލަރު) ދޭން ކަނޑައަޅާފައި އޮތެވެ.

ނަމަވެސް އިންޑިއާއިން ދެވަނަ އެންމެ ބޮޑު އެހީ ދޭ ގައުމަކީ އަދިވެސް ރާއްޖެ އެވެ. އިންޑިއާއިން އެންމެ ބޮޑު އެހީ ދެނީ ބޫޓާނަށެވެ. އެއީ 250 މިލިއަން ޑޮލަށެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ އެހީ ކޮންމެވެސް ވަރަަކަށް މަދުކުރި އިރު އެ ގައުމުގެ ފައިސާގެ އަގު މި ފަހުން ވަނީ ވެއްޓިފަ އެވެ. އަދި އެމެރިކާއިން އިންޑިއާއިން އެކްސްޕޯޓް ކުރާ މުދަލުން ނަގާ ޓެރިފްގެ އަދަދު ބޮޑުތަނުން ބޮޑުކުރުމާ ގުޅިގެން ވެސް އިންޑިއާގެ އިގުތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

އިންޑިއާއިން މިހާރު ވެސް އެތަކެއް މިލިއަން ޑޮލަރުގެ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ދަނީ ހިންގަމުން ނެވެ.