ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ގައުމީ މަގުޗާޓު އިފްތިތާހުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ގައުމީ މަގުޗާޓު މިއަދު އިފްތިތާހުކޮށްފިއެވެ.

Ads by Allied

މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގު ޗާޓު އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއެވެ.

މިއަދުގެ ހަފްލާފައި ނައިބު ރައީސް ވިދާޅުވީ މިއަދު އިފުތިތާހުކުރެވިގެން ދިޔަ މަގުޗާޓަކީ، ސަރުކާރުން އިސްނަގައިގެން ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އަދި މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި، ކުރިއަށް އެޅުނު ވަރުގަދަ ތާރީހީ ފިޔަވަޅެއްކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި އެ މަގުޗާޓު އެކުލަވާލުމުގައި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، (ޔޫއެންޑީޕީ)އިން ކުރި މަސައްކަތް ފާހަގަކުރައްވައި، ރާއްޖޭގައި ކުރެވޭ މިފަދަ ގިނަ މަސައްކަތްކުގައި ޔޫއެންޑީޕީގެފަރާތުން މެދުކެނޑުމެއް ނެތި ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން އެމަނިކުފާނު ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވިއެވެ

ނައިބު ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުއް ރައްކާތެރިކޮށް، އެމީހުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުންދާ ކަމަށެވެ. އަދި މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 356ފަރާތަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައި ދެވިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!