ޚަބަރު

ހޯމް މިނިސްޓްރީގެ ވެބްސައިޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ހޯމް ލޭންޑް މިނިސްޓްރީގެ ވެބްސައިޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

Ads by STELCO

ހޯމް މިިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15ގެ ކުރިން މެއިލް ކުރަން އެދިފައެވެ. އަދި މި މަހުގެ 26ވަނަ ދުވަހުގެ ހެނދުނު 10:30އަށް ހޯމް މިނިސްޓްރީ ހިންގާ ވެލާނާގެ 10ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެ އިއުލާންއާ އެކު ހިމަނާފައިވާ "ޓާމް އޮފް ރިފެރެންސް"ގައި ބުނެފައިވާގޮތުން ވެބްސައިޓުން ފަސޭހަކަމާއި ސައްހަކަމާ އެކު ވަގުތުން ވަގުތަށް ދިވެހި ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކާއި އަދި ބޭރުގެ ކަމާ ބެހޭ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދެވެން ޖެހޭނެއެވެ.

ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވާ ގޮތުން އެ މަސައްކަތް ހަވާލުކޮށް ސޮއިކުރާާތާ 10ހަފްތާ ތެރޭ ވެބްސައިޓުގެ މަސައްކަތް ނިންމަން ޖެހޭނެއެވެ.

ހޯމް މިނިސްޓްރީގެ ވެބްސައިޓު އަލުން ފަރުމާކުރަން ނިންމި އިރު ސަރުކާރުން މިހާރު ދަނީ ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާކުރަމުންނެވެ.