ޑުރަގު ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް
މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އޭނާގެ ބަންދުގެ މުއްދަތު އެތައް ފަހަރަކު އިތުރުކޮށްފައިވާ އިރު ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން ނިޝާގެ ބަންދު އިތުރު 15ދުވަހަށް ވަނީި އިތުރުކޮށްފައެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ނިޝާ ވަނީ އޭނާ ހައްޔަރުކުރި ތަނުގައި ނޫޅޭ ކަމަށް ބުނެފައެވެ. މަސްތުވާތަކެތި ފެނިފައިވަނީ ވެސް އެތަނުންނެވެ.
ނިޝާ ބުނެފައިވާ ގޮތުން އޭނާ އެތަނަށް ދިޔައީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހެއްގެ ކައިރިއަށް ކަމަށެވެ.ނަމަވެސް ފުލުހުން ބުނެފައިވާ ގޮތުން އެތަނުން ނިޝާގެ ތުވާއްޔަކާއި ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ފެނުނެވެ.
ްެއެ މައްސަލައިގައި ނިޝާއާއެކު ތިން ދިވެއްސަކުވެސް އެތަނުން ހައްޔަރުކުރިއެވެ.

