Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މަހުގެ 16ވަނަ ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މަސައްކަތްކުރާ ފުލުހުން، ހުޅުމާލެތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުން ދެ މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު 14ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަލަމް ފަރްހާދް، ބަނގްލަދޭޝް (35އ)އަދި އަބްދުއްރަހްމާން، ބަނގްލަދޭޝް (35އ)ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި ދެ މީހުންނަކީ ވެސް އިމިގްރޭޝަނުގެ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ދެ މީހުން ކަމަށާއި އެ ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް