Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މި ރަމަޟާންމަހު އިމިގްރޭޝަނުން ޚިދުމަތްތައްދޭ ގަޑިތައް އާންމުކޮށްފި

މި ރަމަޟާންމަހު އިމިގްރޭޝަނުން ޚިދުމަތްތައްދޭ ގަޑިތައް އާންމުކޮށްފި

މި ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަ ރޯދައިގެ ނިޔަލަށް އިމިގްރޭޝަނުން ޚިދުމަތްތައްދޭ ގަޑިތައް އާންމުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އިމުގާ މެދުވެރިކޮށް ޕާސްޕޯޓު އަދި އީވިސާއަށް އެދި ހުށަހަޅާ ފަރާތްތަކަށް 24ގަޑިއިރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

ޕާސްޕޯޓު ނެގުމަށް މާލެއިން ނަންބަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:15އިން މެންދުރުފަހު 13:00އަށް ،ހުކުރު ދުވަހު ހެނދުނު 9:15އިން 11:00އަށެވެ. އަދި ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ދޫކުރާނީ ހެނދުނު 9:15އިން މެންދުރު 12:00އަށެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން މެޑިކަލް އިމަޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން 9555333އަށް ގުޅުއްވުމަށް އެދޭ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

https://twitter.com/ImmigrationMV/status/2024394398314963359

އިމިގްރޭޝަންގެ ހެޑް އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 9:00އިން މެންދުރު ފަހު 13:00އަށް ކަމަށާއި އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ރިޕެޓްރިއޭޝަންއާ ގުޅުން ހުރި ޚިދުމަތްތައް ހެނދުނު 09:00އިން މެންދުރުފަހު 14:00އަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް