ޚަބަރު

ކަރެކްޝަންސްގެ ޚިދުމަތްތައް ޕޯޓަލް މެދުވެރިކޮށްދޭން ފަށަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކުޑަކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގައިގެން ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ދޫކޮށެއް ނުލާ / ފޮޓޯ:ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތްތައް މާދަމާއިން ފެށިގެން ދޭނީ އެ އިދާރާގެ ޕޯޓަލް މައި އެމްސީއެސް މެދުވެރިކޮށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.

Ads by STELCO

ކަރެކްޝަންސް އިން ބުނީ އެ ޕޯޓަލްއަށް އީފާސް މެދުވެރިކޮށް ލޮގިން ވެވޭނެ ކަމަށެވެ. އެ ގޮތުން އެ އިދާރާއިން ދޭ ކުށުގެ ރެކޯޑް ސާފުކުރުމާއި ޖަލުގައި ތިބި ފަރާތްތަކާ ބައްދަލުކުރާ ގާނޫނީ ވަކީލުންނާއި އާއިލީ ބައްދަލުވުންތައް ހަމަޖައްސާނީ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އިދާރާއިން ބުނެއެވެ.

ކަރެކްޝަންސްއިން ބުނީ މި މަހުގެ 19ވަނަ ދުވަހުން ފެށިގެން ކުރީގެ އީސަރވިސް ޕޯޓަލް މެދުވެރިކޮށް ފޮނުއްވާ އެއްވެސް ރިކުއެސްޓެއް ބަލައިނުގަންނާނެ ކަމަށާއި، ޚިދުމަތްތަކަށް އެދުމަށް އައު ޕޯޓަލް މައި އެމްސީއެސް ބޭނުން ކުރުމަށް އެދޭ ކަމަށެވެ.

Ads by PNC