ޚަބަރު

11 ރަށެއްގައި ލެބޯޓަރީ ޤާއިމުކޮށް ޚިދުމަތްދޭން ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ނ.މާފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް ރަސްމީކޮށް ފައްޓަވައިދެއްވަނީ / ފޮޓޯ - ޞިއްޙީ ވުޒާރާ

ލެބޯޓަރީ ނެތް 11ރަށެއްގައި ލެބޯޓަރީ ޤާއިމުކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

Ads by STELCO

ޞިއްޙީ ވުޒާރާއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި އަހަރުގެ ނިޔަަލަށް ލެބޯޓަރީ ނެތް 76ރަށެއްގައި ލެބޯޓަރީ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް 11ރަަށެއްގައި ލެބޯޓަރީ ޤާއިމްކޮށް ޙިދުމަތްދޭން ފެށޭނެ ކަމަށެވެ. އަދި ލެބޯޓަރީ ނެތް ރަށްރަށުގައި އެ ޚިދުމަތްދޭން ފެށުމަށް ޚާއްސަ މަޝްރޫޢު ސަރުކާރުން ފެއްޓެވީ 2024ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި އަހަރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަތޮޅުތެރޭގެ ރަށްރަށުން ލެބޯޓަރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެ ރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރަން ޖެހުމަކީ އެފަދަ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

Ads by PNC