ޚަބަރު

ދިއްދޫ އެއަރޕޯޓް މަޝްރޫޢު: 50 ދުވަހުން 112 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހއ. ދިއްދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް، 50ދުވަހުގެ ތެރޭގައި 112ހެކްޓަރު ބިން ހިންކާ ނިންމާލައިފިއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މަޝްރޫޢުގެ އެންމެ ފަހުގެ ތަފާސް ހިސާބު ބަޔާންކުރައްވައިފައެވެ.

 

މި މަޝްރޫޢުއަށް ބޭނުންވާ ޑްރެޖަރު އެ ރަށަށް ގޮސްފައި ވަނީ 3ޖެނުއަރީ 2026ގައި ކަމަށާއި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 4ޖެނުއަރީގައި ފަށައި، މުޅި މަޝްރޫއު ނިންމާލައިފައި ވަނީ 23ފެބުރުއަރީ 2026ގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހއ.އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ބިން ހިއްކާ އިތުރު ކުރެވުނު ސަރަހައްދުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި އިޤްތިޞާދީ މަސައްކަތްތަކަށް ބިން ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.