Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ހިދުމަތް ފަށައިފި

މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ހިދުމަތް ފަށައިފި

ކ. މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ހިދުމަތް ފަށައިފިއެވެ.

އެ ހިދުމަތް ފެށީ މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މާފުށީ ހޮސްޕިޓަލުން ބުނީ ފިޒިއޮތެރަޕީގެ ހިދުމަތް މާފުށީގައި ފެށުމުން ދެން ފިޒިއޯގެ އެކިއެކި ފަރުވާ ރަށުގައި ހުރެގެން ލިބޭނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެ ހިދުމަތް ފެށީ މާފުށީ ކައުންސިލްއާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ހެލްތު މިނިސްޓްރީގެ އެހީއާ އެކު ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

މާފުއްޓަކީ ލޯކަލް ޓޫރިޒަމްގައި ރާއްޖޭގައި އެންމެ ވަރުގަދަ ރަށެވެ. އެހެންވެ މާފުށީ ހޮސްޕިޓަލުގައި ފިޒިއޯގެ ހިދުމަތް  ފެށުމުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް އޭގެ ނަފާ ލިބިގެންދާނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް