ޚަބަރު

މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހޯދި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

Ads by PNC

ފުލުހުން ހޯދަން އިއުލާންކުރީ ނަރުގިސްވިލާ / ވ.ރަކީދޫ، އިގުބާލް(41އ)އެވެ.

ފުލުހުުން ބުނީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް އިގުބާލް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން އޭނާ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

އެހެންވެ އެ މައްސަލައިގެ ތަހުގީގަށް އިގުބާލް މި މަހުގެ 24ވަނަ ދުވަހު ހެނދުނު 10ޖަހާއިރު ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަން ހާޒިރުވުމަށް ފުލުހުން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

އެކި މައްސަލަތަކުގެ ތަހުގީގަށް މީހުން ހޯދާ ނުފެނިގެން ދޭތެރެދޭތެރެއިން އިއުލާންކުރާކަން ފާހަގަކޮށްލެވެއެވެ.