ލައިފްސްޓައިލް

މި މީހާ ހިކުނީ ދެމަސް ވަންދެން ދުވާލަކު 3 ފަހަރަށް ބިރިޔާނީ ކައިގެން، ސިއްރަކީ ކޮބާ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުވާލަކު 3 ފަހަރަށް ބިރިޔާނީ ކައިގެން މީހަކު ހިކިއްޖެޔޭ ބުނުމުން ތިބާ އެމީހަކާ ދިމާއަށް މަލާމާތް ކުރާނަން ދޯއެވެ. އަދި ތިބާ އެމީހާ އެދައްކަނީ ރަނގަޅު ވާހަކައެއް ކަމަށް ގަބޫލު ވެސް ނުކުރާނަން ދޯއެވެ. އެހެން ކަމުގައި ވަނީ ނަމަ ތިޔަ ކުރެވެނީ ވަރަށް ބޮޑޫ ކުށްހީ އެކެވެ.

އިންޑިއާގެ ހައިދްރައާބާދަށް އުފަން 23 އަހަރުގެ ނިޝާންތު އައްޕަރީ މިވަނީ ދުވާލަކު 3 ފަހަރު 2 މަސް ވަންދެން ބިރިޔާނީ ކައިގެން ހިކިފައެވެ. އަދިވެސް މިވާހަކަ ގަބޫލު ނުކުރެވޭ ނަމަ އިތުރަށް ކިޔާލަ ދީފާނަމެވެ.

50 ދުވަސް ވަންދެން ދުވާލަކު ދުވާލަކު 3 ފަހަރަށް ޗިކަން ބިރިޔާނީ ކައިގެން ނިޝާންތު ވަނީ "ސިކްސް ޕެކްސް" އަރުވާފައެވެ. ނިޝާންތު ވަނީ މިކަހަލަ ޑައިޓެއް ކުރުމަށް ނިންމި ސަބަބު ކިޔައިދީފައެވެ. ނިޝާންތު ބުނީ އެހާ އުނދަގޫ ޑައިޓްތައް ކުރިއަށް ގެންދަން މަސައްްކަތް ކުރުމަކީ އަމިއްލަ ނަފްސަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަަށެވެެ. އެހެން ކަމުން އޭނާ ގަބޫލު ކުރާ ގޮތުގައި އެމީހަކު ކާން ބޭނުންވާ އެއްޗެއް ކައިގެން ވެސް ބަރުދަން ލުއި ކުރެވޭނެއެވެ.

ބިރިޔާނީ ކައިގެން ނިޝާންތު ބަރުދަން ލުއި ކުރުމަށް ބޭނުންވީ ކީއްވެގެން ބާވައެވެ. ނިޝާންތު މިޑައިޓް ފެއްޓީ އޭނާގެ ޓްރެއިނަރުގެ ލަފާގެ މަތިން ކަމުގައި ބުނެއެވެ. އަދި މިކަމަށް އޭނާ ހަރަދު ކުރީ އެންމެ 5000 ރުޕީސްއެވެ.

މި ޑައިޓް ކުރިއަށް ގެންދިޔަ އިރު އޭނާ ކެއީ އާންމުކޮށް ކެއީ ހަމައެކަނި ބިރިޔާނީއެވެ. ނަމަވެސް "ޖަންކް ފުޑްސް" ކާހިތުން ނުހުރެވިގެން އެންމެ ފަހުން އެ އެއްޗެހި ވެސް ކެއި ކަމުގައި ނިޝާންތު ފާހަގަ ކޮށްފައިވެެއެވެ.

އެހެންކަމުން އަދި ނުހިިކިގެން އުޅޭކަން ނުވެއެއް ނޫން ހެއްޔެވެ. ބޭނުން ކޮންމެ އެއްޗެއް ކައިގެން ވެސް ބަރުދަން ލުއި ކުރެވިދާނެކަން މި ޒުވާނާ މިވަނީ ސާބިތު ކޮށްދީފައެވެ.

Ads by HDC
  1. ސިރާޖު

    2 މަހޭ ބުނާނެ ،50ދުވަހޭ ބުނާނެ ،25 ގެ2 މަސް ތަ؟

  2. ޟާނު

    ތީގެ ޕްރޫފަކީ ކޮބައިތޯ ހަމަ ތާކުންމީހެއް އެއްޗެއްބުނާއިރަށް އެތެދެކަށްވެސް ނުވާނެ ތިވާނީ ބިރިޔާނި ވިއްކާމީހެއް ބިރިޔާނި އިސްތިހާރުކުރަނީކަމަށް