ޚަބަރު

11 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
11 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން00

11 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފި އެވެ.

Ads by Allied

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުންތަކުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުއެވެ. އަދި، އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ހުސެއިން ތަސްމީން އެވެ. އެ ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ  މެންބަރު އިސްމާއިލް ޝަފީއު  ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ސޮއިކުރި މަޝްރޫއުތަކުގެ ތެރޭގައި ރ. ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުނީގައި ފެނުގެ ނިޒާމް ނިޒާމު ގާއިމުކުރު މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްކުރުން ހިމެނެ އެވެ. އޭގެ އިތުރުން ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގައި މިހާރު ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުކޮށް އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެ އެވެ.

މިއަދު ސޮއިކުރި އިތުރު މަޝްރޫއުތައް

  • ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުުރުމުގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް
  • ފުވައްމުލަކު ސިޓީގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުން

Ads by Allied Insurance