ޚަބަރު

އެމްޑީޕީގެ ޕޯޑިއަމްއާއި ރިޔާސީ ކެންޑިޑޭޓުކަމަކީ ވަކި ބައެއްގެ ޙައްޤެއް ނޫން، ޒަމާން ބަދަލުވެއްޖެ: ރީކޯ މޫސަ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އެމްޑީޕީގެ ޕޯޑިއަމްއާއި ރިޔާސީ ކެންޑިޑޭޓުކަމަކީ ވަކި ބައެއްގެ ޙައްޤެއްގެ ގޮތުގައި އޮތް ޒަމާން ބަދަލުވެއްޖެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެއެވެ.

Ads by Allied

ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ރައީސް ނަޝީދަށް ލިބޭގޮތް ނުވުމުގެ ސަބަބުން އެ މައްސަލަ ހޫނުވެ، ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ނަޝީދަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން ވަނީ ރޭގެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ.

އެކަމާ ގުޅިގެން އެކްސްގައި ރީކޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިތްވަރުގަދަ މޭޔަރުންނާއި ކައުންސިލަރުންނާއި ޑަބްލިޔުޑީސީ ކާމިޔާބުކުރެއްވި އެމްޑީޕީގެ ޒުވާން ޓީމު ކަމަށާއި ކުރިއަށް ވެސް އޮތީ އެމްޑީޕީގެ އާންމު މެމްބަރުންގެ ލޯބި ހޯދައިގެން ހާސިލުކުރެވޭނެ ލަނޑުދަނޑި ކަމަށެވެ. އަދި ގަފޫރު ކުރެއްވި މަސައްކަތުގެ ހެޔޮ ނަތީޖާ ވަރަށް ވެސް ފުރިހަމަ ކަމަށް މޫސަ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ހޫނުވެ، އެމްޑީޕީގެ އިސްސަފުގައި ތިއްބެވި އެއް މެންބަރު އަނެއް މެންބަރަށް ފާޑުކިޔުތައް އަމާޒުކުރުން ވަނީ ފެށިފައެވެ. ދެ ޕެކްޝަންގެ އާންމު މެންބަރު ވެސް ދަނީ މި މައްސަލައިގައި މީސްމީޑިއާ މެދުވެރިކޮށް ޚިޔާލު ފާޅުކޮށް ފާޑުކިޔަމުންނެވެ.

Ads by Allied Insurance