ޚަބަރު

އުދަރެސް ބޯޓް އަޑިއަށް ދިޔައީ އަލިފާނުގެ ހާދިސާ ހިނގި ގއ. އަތޮޅު ސްކޫލަށް ފޮނުވި މުދަލާއެކު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އުދަރެސް ބޯޓް އަޑިއަށް ދިޔައީ އަލިފާނުގެ ހާދިސާ ހިނގި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ސްކޫލަށް ފޮނުވި މުދަލާއެކުއެވެ.

Ads by Allied

މި އޭޕްރީލް މަހުގެ 3ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ސްކޫލުގެ ކިޔެވުން އަލުން ފެށުމަށް ބޭނުންވާނެ ސާމާނު ހުރީ އުދަރެސް ބޯޓުގައެވެ. "ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުން އެ ބޯޓުގައި ހުރީ ސްކޫލުގެ ޕްރިންޓަރުތަކާއި އޭސީތަކާއި މުދައްރިސުންނާއި ދަރިވަރުންނަށް ބޭނުންވާނެ ލޮކަރުތަކާއި މި ނޫންވެސް ތަފާތު އަގު ބޮޑެތި ސާމާނެވެ.

މި ހާދިސާއާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތިބި ކަމަށާއި އޭގެތެރެއިން އެކަކު (ބިދޭސީ އެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ. މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ. 81 އަހަރުގެ ދުވަސްވީ މީހަކު ވެސް ވަނީ ކަނޑުމަތިން ސަލާމަތްކޮށް، އޭނާއަށް ދަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

Ads by Allied Insurance