ވިޔަފާރި

މިއަހަރުގެ ފުރަތަމަ ހަތަރު މަހު ޓޫރިޒަމް % 2.3 ދަށަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު % 2.3 ދަށަށް ގޮސްފިއެވެ.

Ads by Allied

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 738,074 ޓޫރިސްޓުން އައިސްފައިވެއެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 721,160 އަށް ދަށްވެ، % 2.3 ދަށަށް ގޮސްފައެވެ.

އެކި މަސްތަނުގައި އައި ޓޫރިސްޓުންގެ އަދަދު 

ޖެނުއަރީ: % 5.0 ކުރިއެރުމެއް
ފެބްރުއަރީ: % 15.7 ކުރިއެރުމެއް
މާރިޗު: % 20.7 ދަށްވުމެއް.
އޭޕްރިލް: % 25.6 ދަށްވުމެއް

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން އާންމު ޓޫރިޒަމް ކުޑަކޮށް ދަށަށް ދިޔަ ނަމަވެސް، ކްރޫޒް ޝިޕްތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އާދަޔާ ޚިލާފަށް އިތުރުވެފައެވެ. އެގޮތުން 2025ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހު 3,753 ކްރޫޒް ފަސިންޖަރުން ޒިޔާރަތްކުރިއިރު، މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 10,351 އަށް އަރާފައެވެ. މިއީ ގާތްގަނޑަކަށް 175 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

މި ވިޔަފާރި ބޭނުންތަކަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ އަދަދަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަތަރު މަހު ވަނީ 4,455 މީހުން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ 4,385 އާ އަޅާބަލާއިރު ކުޑަ ކުރިއެރުމެކެވެ.

Ads by Allied Insurance