ޚަބަރު

ވަޒީފާ ދިނުމާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅު އޮންލައިން ނޫހަކުން އޮޅުވާލައިފި: ތަރުޖަމާނު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީފާ ދިނުމުގެ އުސޫލުތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅެއްގެ މާނަ މުޅިން ބަދަލުވާގޮތަށް އޮންލައިން ނޫހަކުން ޝާއިޢުކުރި ޚަބަރެއް ރައީސް އޮފީހުން މިއަދު ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ.

Ads by Allied

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ހާމަކުރެއްވި ގޮތުގައި، ކެމްޕޭނާ ދިމާކޮށް ނަހަމަ ގޮތުގައި ވަޒީފާތަކެއް ދިންކަމަށް ރައީސް އެއްބަސްވެވަޑައިގަތް ކަމަށް ބުނެ އެ ނޫހުން ލިޔެފައި ވަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެކެވެ. މިއީ އެހެން މީޑިއާއަކުން ދެންނެވި ސުވާލަކަށް ރައީސް ދެއްވި ޖަވާބުގެ ރޫޙާ ޚިލާފަށް، ވަކި މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ލިޔެފައިވާ ޕްރޮފެޝަނަލް މިންގަނޑުތަކާ ބީރައްޓެހި ލިޔުމެއްކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި މިފަދަ އަޚުލާޤީ މިންގަނޑުން ބޭރު ލިޔުންތަކުގެ ޙަޤީޤަތް ރައްޔިތުންނަށް އަބަދުވެސް ސާފުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ތަރުޖަމާނު ދެއްވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އަސްލު ވިދާޅުވެފައި ވަނީ، ސިޔާސީ ބޭނުމަށް ވަޒީފާ ބެހުމުގެ ސަޤާފަތް ނިމުމަކަށް ގެނައުމަށް ފަހުގެ އިންތިޚާބުން ރައްޔިތުން ގޮވާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ކުންފުނިތަކަށާއި ވުޒާރާތަކަށް މީހުން އައްޔަނުކުރާނީ ހަމައެކަނި ތަޢުލީމާއި ތަޖުރިބާއަށް ބިނާކޮށްކަމަށާއި، ޤަވާޢިދާ ޚިލާފަށް ދީފައިވާ ވަޒީފާތައް ބާތިލުކުރުމަށް ވެސް މިހާރު އަންގަވާފައިވާނެ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ފަރާތްތަކުން ހިންގާ ބައެއް ނޫސްތަކުން މިފަދައިން ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ޚަބަރު ފެތުރުމަކީ އާންމުވަމުންދާ ކަމެކެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައިމެ، ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތައް ހިފެހެއްޓުމަށާއި ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.

Ads by Allied Insurance
  1. ށަވިޔަނި

    މުންދު ކިތަންމެ ބާރަށް ބުންޔަސް އެކަން ހިނގި. މަޖިލިސް އިންތިހާބުގަ ވެސް އަދި ކައުންސިލް ވޯޓްގަ ވެސް. އޮފީސް އޮފީހުގަ އެޗް އާރ ކުދިން އުޅުނީ ހޭލާ.

  2. އަވާމެންދުރު

    ތިނޫސް ތަކަކީ އަބަދުވެސް މީސްމީހުސް އަބިން ނާފިރިންނާ. ދަރިންނާ. ބެހި ހާދާނުސްތަކެއް ދުވަހަކުވެސް ތެދެއް ނަހަދާނެ. ތެދެއް ހެދެންއޮތް ތަނެއްގަ ވެސް ބަލާނީ ދޮގު ހެދޭތޯ. ތިނޫހަކީ އަދަދުނޫސް. ދެންރާއްޖެ އެމްވީ. މީހުސް މުނާފިގު އެމްޑީޕީގެ ދޮގު ޕުރެޕެގެންޑާ. ފަތުރާ ނޫސްތައް. ދޮންއަމާ ފަތްޔާޒު. މިމީހުން މީ މީސްމީހުންގެ އަބުރު ކަތިލަމުން ދުވާ ހަރާންކޯރުން. މީމީޑިޔާ ތަކާ ދޭތެރޭގަ ހަރުކަސި އަދަބު ދޭންވީ. އަދަބެއް ނުދޭތީ ފުއްޕައިގެން މިތެޅި އަރުވަނީ ދުލައް އައިހާ އެތްޗެއް ކިޔާ ލިޔަމުން. ތިމާ މެނައް މިހީވަނީ މިކުރެވެނީ ވަރައް. މޮޅުކަމެކޭ